އެސްޓްރާޒެނެކާ ވެކްސިން ރައްކާތެރި ކަމަށާއި ބައްޔާ ދެކޮޅަށް މަސައްކަތްވެސް ކުރާ ކަމަށް ޔޫރަޕިއަން ޔޫނިއަން "އީޔޫ" އިން
ބުނެފިއެވެ.
ޔޫރަޕިއަން ޔޫނިއަންގެ ހާއްސަ ރެގިއުލޭޓަރު "ޔޫރަޕިއަން މެޑިިސިންސް އެޖެންސީ" އިން ވަނީ ވެކްސިން ޖަހާފައިވާ މީހުންގެ ލޭގަނޑުވުމުގެ މައްސަލަ އާއި ވެކްސިން އާ ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.
"ޔޫރަޕިއަން މެޑިިސިންސް އެޖެންސީ" އިން ވަނީ އޮކްސްފޯޑްގެ އެސްޓްރާޒެނެކާ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެފައިވާ ކަމަށާއި ބައްޔާ ދެކޮޅަށް ވެކްސިން ފުރިހަމައަށް މަސައްކަތް ކުރާކަމަށް ވެސް ބުނެފައެވެ.
އެ އެޖެންސީން ވަނީ ވެކްސިން ގެ އިތުރަށް ތަހުލީލުތައް ކުރަމުން އަންނަ ކަމަށްވެސް ބުނެފައެވެ.
ޑަބްލިއުއެޗްއޯ އިން ވެސް އިއްޔެ ވަނީ ވެކްސިން ރައްކާތެރިކަމަށާއި ދުނިޔޭގެ ގައުމުތަކުން ވެކްސިން ޖެހުން ހުއްޓައި ނުުލުމަށް އެދިފައެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކަކަށް ވަނީ ކޮވިޑްގެ އާ ރާޅުތަކެއް އަރައި ހާލަތު ގޯސް ވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ