އައްޑޫގައި މިއަދު ހެނދުނު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު އަންހެން މީހާ މަރުވެއްޖެ އެވެ.
އެ އަންހެން މީހާ މަރުވެފައިވާކަން އައްޑު އިކުއެޓޯރިއަލް ހޮސްޕިޓާލް (އޭއީއެޗް)ގެ އޮފިޝަލަކު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ.
މަރަދޫ ފޭދޫގައި ދިރިއުޅެމުން އަންނަ އައްޑޫ ސިޓީ ހިތަދޫއަށް ނިސްބަތްވާ އެ އަންހެން މީހާ އެކްސިޑެންޓުވީ ދަރިފުޅު އައްޑޫ ހައި ސްކޫލަށް ގެންދިއުމަށްފަހު އެނބުރި މަރަދޫފޭދޫ އަށް ދަނިކޮށެވެ.
އޭއީއެޗްގެ މީޑިއާ އޮފިސަރު "ވަން" މިއަދު ވިދާޅުވީ އަންހެން މީހާގެ ބޮލަށް އަނިޔާވެ ހަށިގަނޑުގެ އެތެރެއަށް ވެސް ލޭ އެޅިފައިވާ ކަމަށެވެ. އަދި މޭ ކަށިގަނޑާއި ކޮނޑު ކަށިގަނޑު ބިންދައިގެން ގޮސްފަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އަންހެން މީހާ މަރުވީ، ހާލު ސީރިއަސްވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ހޮސްޕިޓަލުން ކުރަމުން ދަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު