ބިން ހިއްކުމަކާ ނުލައި އަދި ފަރު ނުހިއްކައި ރާއްޖޭގައި އެއަޕޯޓް އެޅޭނެ ގޮތްތައް އެބަހުރި ކަމަށް ރައްޔިުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީުދ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބިލާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޖިލިސް ރައީސް ވިދާޅުވީ، މޫދުގައި ދިރިއުޅެވޭ ގޮތްތައް ހަމަޖެހިފައިވާ އެތައް ޓެކްނޮލޮޖީއެއް މިހާރު ދުނިޔޭގައި އެބަހުރި ކަމަށެވެ. އެގޮތަށް ބަނދަރު ހެދުމާއި، ފަރުގެ ކަންތައްތަކާއި މޫދުގައި ދިރިއުޅެވޭނެ އެތައް ގޮތްތައް އެބަހުރި ކަމަށްވެސް ވިދާޅުވިއެވެ.
"އެއްވެސް ތަނަކާ ނުބެހި، ދިރިއުޅެވެންވެސް އެބައޮތް ނުހިއްކާ، ފްލޯޓިން ޓެކްނޮލޮޖީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބޮޑަށް ވަރަށް ކަށަވަރުކަމާއެކީގައި މިހާރު ނުކުންނަމުން އެބަދޭ، ޑެންމާކުގައި ހާއްސަކޮށް ޑަޗް މީހުންނަކީ އެނގިވަޑައިގަންނަވާނެ ފެނާ ގުޅޭ ބައެއް، ފެނުއަޑީގައި އެމީހުންގެ ރަށް އަސްލުގައި އެ އޮތީ ވެސް، އެހެންވީމަ ވަށައިގެން ފާރު ރާނައިގެން އެތަން ބަލަހައްޓައިގެން އެމީހުން އެތިބެނީ، އަޅުގަނޑުމެނަށް ފެނު ތެރޭގައި ދިރިއުޅެވޭނެ ގޮތެއް ނުހިއްކައި މާހައުލަށް ގެއްލުން ނުދީ އަދި އިގްތިސޯދީ ނަތީޖާ ރަނގަޅު ގޮތް އެބަހުރި އަދި މިހާރު އެދަނީ އެކަންކަން ފެންނަމުން، އެބަދޭ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކަންކަމުގައި ބިރުގަނެގެން ނުވާނެ ކަމަށެވެ. އަދި ހަމައެކަނި އެނގޭ ކަންތަކަކީ، ހަމައެކަނި ކުރާ ކަންތައް ގޮތުގައި ބަލައިގެން ތިބެންޏާ ރާއްޖެ އާއި ދުނިޔެވެސް ސަލާމަތް ނުކުރެވޭނެ، ކަމަށެވެ.
"ހިނގާ ކަންތައްތައް އެ ހިނގާ ގޮތަށް ހިންގަމުން ގެންދިޔައީމަ ވެގެން އުޅޭ ގޮތެއް މިއުޅެނީ، އެހެންވީމަ ހިނގާ ކަންތައް ތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ބުއްދި އާއި ވިސްނުން ބަހައްޓައިގެން ނޫނީ މިކޮށިން އަޅުގަނޑުމެން ނިކުމެވި ސަލާމަތްކަން ހޯދަން އުނދަގޫވާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް