މިދިޔަ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ ފަހުން ދ.ކުޑަހުވަދޫން ފުރި މީހުން އަންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދިއްޖެ އެވެ.
ކުޑަވަހުދޫގައި އޮންނަ ދާލު އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
އެޗްޕީއޭ އިން ބުނީ ކުޑަހުވަދޫން ކޮވިޑުގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، މިދިޔަ މަހުގެ 26 ވަނަ ދުވަހުން ފަހުން އެރަށުން އަތޮޅުތެރެއަށް ދަތުރު ކުރި މީހުން ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލަށް ނުވަތަ ހެލްތު ސެންޓަރަށް އެންގުން އެދޭ ކަމަށެވެ. އަދި އެ މުއްދަތުގައި ކުޑަހުވަދޫން ދަތުރުކޮށް 14 ދުވަސް ހަަމަނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ވެސް ބުންޏެވެ.
އޭގެ އިތުރުން މިދިޔަ މަހުގެ 26ގެ ފަހުން ކުޑަހުވަދޫން މާލެ އައިސްފައިވާ މީހުން ވެސް މާލެ ހިޔާ ފުލޫ ކުލިނިކާއި ހުޅުމާލޭ ފުލޫ ކުލިނިކް އަދި ވިލިމާލޭ ފުލޫ ކުލިނިކުން ސާމްޕަލް ނެގުމަށާއި އަދި 14 ދުވަސް ވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު