ދ. ކުޑަވަހުދޫގައި އޮންނަ ދާލު އެއާޕޯޓުގައި މަސައްކަތްކުރާ ބަޔަކު ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ ދާލު އެއާޕޯޓުގައި މަސައްކަތްކުރާ ހަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
އެގޮތުން އެ ކޭސްތަކާ ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމަށާއި ކޭސް ތަހުގީގު ކުރުމަށް އެރަށް މޮނީޓަރިން އަށް ލާފައިވާ ކަމަށް އެ ސެންޓަރުން ބުންޏެވެ.
މީގެ ކުރިން ވެސް ކޮވިޑު ކޭސްތަކެއް ފެނިގެން، ކުޑަހުވަދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު