އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހުންނަ އެސްޓީއޯ ފިހާރައިގެ ތިޖޫރީ ފަޅާލައި 7000 ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ފޭދޫ އެސްޓީއޯ ފިހާރައިގެ ތިޖޫރީ ހަލާކު ކޮށްލައިގެން ވައްކަން ކޮށްފައިވާ މައްސަލައެއް ރޭ ފަތިހު 5:45 ގައި ހުށަހަޅާފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެ ފިހާރައިގެ ތިޖޫރީން 7000 ރުފިޔާ ވަގަށް ނަގާފައިވާ ކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާއިރު މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.