ދިވެހި އަސްކަރިއްޔާ އަކީ ކުޅޭކުޅޭ ތަނަކަށް ނުހެއްދެވޭނެ ކަމަށާއ އަސްކަރިއްޔާ އަށް އޮތް އިތުބާރު ގެެއްލުވައެއްވެސް ނުލެވޭނެ ކަމަށް ނެޝިނަލް ކައުންޓަރު ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެއެވެ.
ގައިމީ ދިފާއީ ބާރުން ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒަކަރިއްޔާ މަންސޫރު ވިދާޅުވީ، އެ މީހަކު ބޭނުން ވާހަކައެއް ދެއްކޭނެ ޕުލެޓްފޯމުތައް މިހާރު ހުންނާނެ ކަމަށާއި ނަމަވެސް އަސްކަރިއްޔާއާ ގުޅުވައި 'ބުހުތާނު' ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ.
"ދިވެހި އަސްކަރިއްޔާއަށް ނިސްބަތް ކުރައްވައި އެފަދަ ވާހަކަތައް ނުދައްކަވާށޭ. މިއީ ކުޅޭކުޅޭ ތަނެއްގެ ގޮތުގައި ތިބޭފުޅުންގެ މައިދާންތަކުގައި ނުހައްދަވާށޭ،" ޒަކަރިއްޔާ މަންސޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިފައިން ގުރުބާންކޮށް، އެތައް މިލިއަން ޑޮލަރެއްގެ ކޮރަޕްޝަނުގެ ވާހަކަތަކެއް ދައްކަމުންދާތީ ދިވެހި އަސްކަރިއްޔާގައި ދިގު މުއްދަތަކަށް އުޅެފައިވާ މީހެއްގެ ހައިސިއްޔަތުން އެކަމާ ހިތާމަކުރައްވާ ކަމަށެވެ. އަދި އެކަހަލަ ފިތުނަ ފަސާދަ އުފެދޭ ވާހަކަތައް ދެއްކުމުން ގައުމީ މަސްލަހަތު ގެއްލިގެންދާ ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް