ދިފާއީ ބާރުގެ އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓުވަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ އިންޒާރު ގައުމީ ދިފާއީ ބާރުން ދީފިއެވެ.
އެމްއެންޑީއެފުން މިއަދު ބަންޑާރަ ކޮށީގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ރާއްޖޭގެ ސަލާމަތާއި ދިފާއާ ގުޅޭ ގޮތުން ކެނޑިނޭޅި ދޮގު ހަބަރުތަކެއް ފަތުރަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"މިފަދަ ކަންކަން ކުރައްވާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ހުރިހާ އޮޕްޝަން އެކްސްޕްލޯ ކުރަން. ކިހިނެއްތޯ މިކަން ހުއްޓުވުމަށް ކުރެވޭނީ. ކޮބައިތޯ އެޅޭނެ ފިޔަވަޅުތަކަކީ ބަލަން،"
އެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ޝަމާލް ވިދާޅުވީ، އެއްބަސްވުމާ ގުޅުވައި ޖެނަރަލް އޮފިސަރަކު މައުލޫމާތު ދެއްވިކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށެވެ. އަދި ޖެނަރަލުން ތެރޭގައި މަޝްވަރާ ނުކުރާ ކަމަށް ވެސް ބުނެފައިވާ ކަން ޝަމާލް ފާހަގަ ކުރެއްވި އެވެ.
"މިއީ އަޅުގަނޑުމެން ހިތާމަ ކުރާ ކެމެއް. އަދި އަޅުގަނޑުމެން އެފަދަ ގޮތްތަކަށް އެއްޗެހި ލިޔުއްވާ ކަމުގައިވަނީ ނަމަ އެކަން ވަރަށް ސީރިއަސްކޮށް ބަލަން ބޭނުންވޭ،" ޝަމާލް ވިދާޅުވި އެވެ.
ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ހަތިޔާރާއެކު ބޭތިއްބުމަށް އެއްބަސްވެފައިވާ ކަމަށް ބުނެ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ސޯޝަލް މީޑިއާއަށް އިއްޔެ ވަނީ ދޫކޮށްލާފަ އެވެ. އެކަން ކުރައްވާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް