އުތުރު ތިލަފަޅާ ގުޅޭ ގޮތުން ދޮގު ހަބަރު ފަތުރަނީ ދިފާއީ ބާރުގެ އަގު ވައްޓާލަން ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
ގައުމީ ދިފާއީ ބާރުގެ ލީޑަޝިޕުން ބަންޑާރަ ކޮށީގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، އަސްކަރިއްޔާގެ އަގުވައްޓާލުމަށް ބަޔަކު ކެނޑިނޭޅި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އިލްތިމާސް ކުރަނީ އެކަން އެގޮތަށް ނުކުރެއްވުމަށް ކަމަށެވެ.
އެގޮތުން ގައުމީ ދިފާއީ ބާރާއި އިންޑިއާ އިން ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށް ބުނެ މިހާރު ދައުރުވަމުންދާ ލިޔުމަކީ އޭގައި އެއްވެސް އަސްލެއް އެކުލެވޭ އެއްޗެއް ނޫންކަން ޝަމާލް ފާހަގަ ކުރެއްވި އެވެ.
"2013 ވަނަ އަހަރުން ފެށިގެން ޔޫޓީއެފްގައި ބަނދަރެއް ގާއިމު ކުރުމަށްޓަކައި ދެކެވިފައި ނުވަތަ ކުރެވިފައި ހުރި މަޝްވަރާތަކުގެ ތެރޭގައި އެ މަޝްވަރާތަކުގައި ދެކެވިފައި ހުރި ވާހަކަތަކަށް އެއަށް ކޮންމެވެސް ވަރަކަށް އުނިއިތުރު ގެނެވިގެން އެއްވެސް ވަރަކަށް އަސާސެއް ނެތް ހަގީގަތެއް ނެތް ލިޔުމެއް ކަން އަޅުގަނޑުމެން ފާހަގަކުރަން މިހާރު ސޯޝަލް މީޑިއާގައި މި ދައުރުކުރަމުންދާ ލިޔުމަކީ،" ޝަމާލް ވިދާޅުވި އެވެ.
ގައުމީ ދިފާއީ ބާރުގެ އަގުވައްޓާލުމަށް މަސައްކަތް ކުރައްވާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ޝަމާލް ވަނީ ދެއްވާފަ އެވެ.
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް