ފްލޯޓިން ސިޓީގެ މަސައްކަތް ރާއްޖޭގައި ފެށުމަކީ ރާއްޖޭގެ އެންމެނަށްވެސް ލިބޭ ފަހުރެއް ކަމަަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފްލޯޓިން އައިލެންޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް އިއްޔެ ސޮއިކުރިކަން ފާހަގަ ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެކަން މަޖިލިސް މެންބަރުންގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ފްލޯޓިން ސިޓީއަކީ މިހާތަނަށް ގައުމެއްގައި އަލަށް ގާއިމް ކުރާ މަސައްކަތެއް ކަމަށެވެ.
އެ މަސައްކަތަކީ، އެބާވަތުގެ އެހެން މަސައްކަތެއް ނެތް ބާވަތުގެ މަސއްކަތެއް ކަމަށާއި، އެއީ މޫސުމަށް އަންނަ ބަދަލާއި ލޮނުގަނޑު އުފުލިގެން ދިއުމާއި، އަދި އެހެންވެސް ބިން މަދުވުމުގެ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި ހުށަހެޅޭ ޓެކްނޮލޮޖީއެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑު މިތަނުގައި މިވާހަކަ ދަންނަވާ ސަބަބަކީ ފްލޯޓިން ސިޓީއަކީ ދުނިޔޭގައި އަލަށް ގައުމެއްގައި ކުރެވޭ މަސައްކަތެއް، ނުވަތަ އެބާވަތުގެ އެހެން މަސައްކަތެއް ނެތް ބާވަތުގެ މަސއްކަތެއް، އެއީ މޫސުމަށް އަންނަ ބަދަލާއި، ލޮނުގަނޑު އުފުލިގެން ދިއުމާއި، އަދި އެހެންވެސް ބިން މަދުވުމުގެ މައްސަލަތަކަށް ހައްލެއްގެ ގޮތުގައި ހުށަހެޅޭ ޓެކްނޮލޮޖީއެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ހޮލެންޑުގެ ކުންފުންޏެއް ކަމަށްވާ ޑަޗް ޑޮކްލޭންޑްސް އިން ރާއްޖޭގައި ހިންގަން އުޅުނު ފްލޯޓިން އައިލެންޑު މަޝްރޫއު ކުރިއަށް ގެންދިއުމަށް ދެވަނަ ފަހަރަށް ސޮއިކޮށް، އެ މަޝްރޫއު އިއްޔެ ވަނީ އިފުތިތާހުކޮށްފަ އެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީ"ގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއު ހިންގަން ފެށުމުގެ ގޮތުން ސަރުކާރުން ވަނީ އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ދީފަ އެވެ. ފްލޯޓިން ސިޓީން މާލެއަށް 10 މިނެޓު ތެރޭގައި ދަތުރު ކުރެވޭނެ އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ. އެ އެއްބަސްވުމުގައި އޭރުގެ ސޮއި ކުރެއްވީ ނަޝީދު ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހަންމަދު ރަޝީދެވެ. ނަމަވެސް އެ މަޝްރޫއަށް ފަހުން ވީގޮތެއް ނޭނގެ އެވެ. އެ މަޝްރޫއުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު އެވެ.
މި ޕްރޮޖެކްޓް ލޯންޗުކުރުމަށް ޓޫރިޒަމް މިނިސްޓަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ރައީސް ނަަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ސިޓީގައި 5000 އަށްވުރެ ގިނަ ގެ ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު، މި މަޝްރޫއު ކުރިއަށް ގެންދަނީ 10 އަހަރަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ މަސައްކަތް މިއަހަރު ފަހު ކޮޅު ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް