ލ. ގަމުގައި ދެ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ ގަމު މުކުރިމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަނިޔާވީ 55 އަހަރާއި 28 އަހަރުގެ ދެ އަންހެނުންނަށާއި 32 އަހަރުގެ ބިދޭސީ އަކަށް ކަމަށް ވެސް ބުންޏެވެ.

ފުލުހުން ބުނީ އެމީހުންނަށް ގަން ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ނުދެ އެވެ.

އެ މައުލޫމާތު ހޯދަން ގަން ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައި ނުވާތީ، އެ މީހުންނަށް ލިބިފައިވަނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.