އައްޑޫ ސިޓީގައި މިދިޔަ ބުރާސްފަތި ދުވަހު ހިންގި މާރާމާރީއާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
އައްޑޫ ސިޓީ ފޭދޫ ކުޑަކުދިންގެ ޕާކް ކައިރީގައި މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ މާރާމާރީގައި ހަތް މީހަކަށް ވަނީ އަނިޔާވެފަ އެވެ.
މާރާމާރީގެ މި މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި ފަސް މީހުންނަކީ ދިވެހި ފިރިހެނުން ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދެ މީހަކާއި، 32 އަހަރުގެ މީހަކާއި، 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއް ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު