ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިނާ ހިލާފަށް މާލެއިން ވ. އަންބަރާއަށް ދިޔަ 95 މީހަކު ޖޫރިމަނާކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އަދި ހުއްދަ ނުނަގައި އަންބަރާއަށް ދިޔަ 95 މީހަކު ހިފަހައްޓައި ރޭ ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އަދި އެމީހުން އަންބަރާއަށް ދިއުމަށް ބޭނުންކުރި އުޅަނދަށް މީހުން އަރުވަން ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން އަރުވައިގެން ދިޔަ މައްސަލައެއް ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެއަށްފަހު އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ، އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކޮށް ކޮވިޑު ފެތުރުން ހުއްޓުވުމަށް މަސައްކަތް ކޮށްދިނުމަށް އެދިފަ އެވެ.