ޚަބަރު

އައްޑޫގައި ހިންގި މާރާމާރީ އެއްގައި ހަތް މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ފޭދޫގައި ހިންގި މާރާމާރީ އެއްގައި ހަތް މީހަކަށް އަނިޔާވެ، ފަރުވާ ދޭން ފަށައިފި އެވެ.

ފުލުހުން ބުނީ ފޭދޫ ކުޑަކުދިން ޕާކު ސަރަހައްދުގައި ދެ ގުރޫޕެއްގެ ދެމެދު ހިނގި މާރާމާރީއެއްގައި ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އެ މާރާމާރީގެ ރިޕޯޓް ލިބިފައިވަނީ މިރޭ 6:30 އެހާކަންހާއިރު ކަމަށް ބުންޏެވެ.

މާރާމާރީގައި އަނިޔާވި ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި ބައެއް މީހުން ހިތަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނައިރު، އެ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.