ކޮވިޑް-19 ފަދަ ނުރައްކާތެރި ބަލިމަޑުކަމެއްގައި އުޅޭ ދުވަސްވަރެއްގައި ގޭތެރޭގައި ދިރިއުޅޭ މާހައުލުގައި ސާފު ވައި ލިބުމަކީ ވަރަށް މުހިއްމު ކަމެކެވެ. ޑަބްލިއުއެޗްއޯ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ވައި ދައުރުވުން ކުޑަ ތަންތަނުގައި، ކޮރޯނާވައިރަސް އުޅުމުގެ ފުރުސަތު ވެސް ބޮޑު ކޮށްދެއެވެ.

މިވައިރަސް ފެތުރުން ހުއްޓުވަން ހަމައެކަނި ރަނގަޅަށް ވައި ދައުރުވުން އެކަންޏަކުން ނުފުދެއެވެ. މީގެ އިތުރަށް، މާސްކް އެޅުމާއި، ގައިދުރުކުރުން، ސާފުތާހިރުކަން، އަދި އާއްމުކޮށް ބޭނުންކުރާ ތަންތަން ޑިސްއިންފެކްޓް ކުރުން ވެސް އެއީ ވައިރަސް ފެތުރުން ހުއްޓުމަށް ކޮންމެހެން ކުރަން ޖެހޭ ކަންކަމެވެ.

އެހެންކަމުން ގޭތެރޭގައި ނުވަތަ ކޮޓަރީގައި ރަނގަޅު ވެންޓިލޭޝަން ނުވަތަ ރަނގަޅަށް ވައި ދައުރުވޭތޯ ބެލުމަށް އަންނަނިވި ކަންކަމަށް ބެލުމަށް ތަޖުރިބާކާރުން ލަފާ ދެއެވެ.

40 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގައި ފިނިހޫނުމިން ހުރުމަކީ ބަލި ފެތުރުން ކުޑަކުރުމަށް، ދިރާސާގެ އަލީގައި ހެކި ލިބިފައިވާ މިންވަރެކެވެ. މިހެން ދެންނެވިކަމުގައި ވީނަމަވެސް، ފިނިހޫނުމިން މި މިންގަނޑުގައި ހުންނަނީ، ގުދުރަތީ ގޮތުން ލިއްބައިދޭ ވައިގެ ސަބަބުންކަމަށް ވާން ޖެހެއެވެ. ޓަފްޓްސް މެޑިކަލް ސެންޓަރުގެ އިންފެކްޝަސް ޑިސީސަސް ޕްރޮފެސަރު ޑޮކްޓަރ ބްރަޔަން ޗައު މިކަން ފާހަގަކުރެއްވިއެވެ. މަސްނޫއީ ގޮތުން އުފައްދައިދޭ ފިނިހޫނުމިނުން މިކަން ހާސިލުވުމާ ދޭތެރޭ އެއްބަސްވެވެން ނެތްކަމަށް އޭނާ ވިދާޅުވެއެވެ. ނަމަވެސް ކޮވިޑް-19 ފަދަ ބަލިތަކުން ސަލާމަތްވުމުގެ ބޭނުމުގައި، އިންޑޯ ހިއުމިޑިފަޔަރ ބޭނުން ނުކުރުމަށް އޭނާ އިލްތިމާސްކުރައްވައެވެ.

40 ޕަސެންޓާއި 60 ޕަސެންޓާ ދެމެދުގައި ފިނިހޫނުމިން ހުރުމަކީ ބަލި ފެތުރުން ކުޑަކުރުމަށް، ދިރާސާގެ އަލީގައި ހެކި ލިބިފައިވާ މިންވަރެކެވެ. މިހެން ދެންނެވިކަމުގައި ވީނަމަވެސް، ފިނިހޫނުމިން މި މިންގަނޑުގައި ހުންނަނީ، ގުދުރަތީ ގޮތުން ލިއްބައިދޭ ވައިގެ ސަބަބުންކަމަށް ވާން ޖެހެއެވެ. ޓަފްޓްސް މެޑިކަލް ސެންޓަރުގެ އިންފެކްޝަސް ޑިސީސަސް ޕްރޮފެސަރު ޑޮކްޓަރ ބްރަޔަން ޗައު މިކަން ފާހަގަކުރެއްވިއެވެ. މަސްނޫއީ ގޮތުން އުފައްދައިދޭ ފިނިހޫނުމިނުން މިކަން ހާސިލުވުމާ ދޭތެރޭ އެއްބަސްވެވެން ނެތްކަމަށް އޭނާ ވިދާޅުވެއެވެ. ނަމަވެސް ކޮވިޑް-19 ފަދަ ބަލިތަކުން ސަލާމަތްވުމުގެ ބޭނުމުގައި، އިންޑޯ ހިއުމިޑިފަޔަރ ބޭނުން ނުކުރުމަށް އޭނާ އިލްތިމާސްކުރައްވައެވެ.

ސާފު ވައި ދައުރުވާކަން ޔަގީންކުރުމަކީ އުނދަގޫ ކަމެއް ނަމަވެސް، ވައި ދައުރުވާކަމުގެ އިހުސާސް ނުވަތަ އަޑު އިވޭ ނަމަ، ތަނުގެ ތެރޭގައި ރަނގަޅަށް ވައި ދައުރުވާކަން ދެނެގަނެވެއެވެ. ރަނގަޅު މާހައުލެއްގައި، ބޭރުން ލިބޭ ސާފު ވައި ތަނުގެ ތެރޭގައި ދައުރުވާން ޖެހެއެވެ.

ރަނގަޅަށް ވައި ދައުރުވުމަށް، ކޮޓަރީގެ ދޮރުތަކާއި ކުޑަދޮރުތައް ހުޅުވާލަން ވާނެއެވެ. ނަމަވެސް ގިނަ ފަހަރަށް މިހެން ކަންތައް ކުރުމުންވެސް، ވައިރޯޅި ނުޖެހޭ ނަމަ، ސާފު ވައެއް ނުލިބޭނެ އެވެ.

އެންވައަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ އީޕީއޭ އިން އަންނަނިވި ކަންކަމަށް އިރުޝާދު ދެއެވެ.

  • - ކްރޮސް ވެންޓިލޭޝަން އުފެއްދުމަށް، ކުޑަދޮރާއި ދޮރުތައް (ސީދާ ދިމާވާގޮތަށް ނޫންނަމަވެސް) ކުރިމަތިވާގޮތަށް ހުޅުވާލުން
  • - އެކިއެކި ފްލޯރ ތަކުގައި ހުރި އެންމެ މަތީ ކުޑަދޮރާއި އެންމެ ތިރީ ކުޑަދޮރު ހުޅުވާލުން
  • - ފަންކާ ޖައްސާފައި، ކުޑަދޮރުގެ ކައިރީގައި ބެހެއްޓުން. (ތަނުގެ އެތެރޭގައި ދައުރުވާ ނުސާފު ވައި ބޭރުކުރުމަށް އެހީވެދެއެވެ.)
  • - ފަންކާ ބަހައްޓާއިރު، ވައި ސީދާ އެކަކު ގައިން އަނެކަކަށް ނުދާނެ ގޮތަކަށް ބެހެއްޓުން

ވެންޓިލޭޝަން ރަނގަޅުކުރުމަށް އެއަރކަންޑިޝަނަރ ބޭނުން ނުކުރެވެނީ، އެއީ ހަމައެކަނި އެތެރޭގައި ވައި ދައުރުކޮށްދޭ އެއްޗަކަށް ވުމުންނެވެ. އަދި ހަމަ މީގެ އިތުރުން، ފިނި ދުވަސްދުވަހު ފިނި ވައި ވަންނާނެހެން ކުޑަދޮރުތައް ހުޅުވާފައި ބެހެއްޓުމަކީވެސް ބުއްދިވެރި ކަމަކަށް ނުވާނެއެވެ. މިފަދަ ފިނި ދުވަސްދުވަހު އެތެރޭގައި ހުންނަ ފިނި ވައި ބޭރުކުރުމަށް ހީޓަރު ފަދަ އެއްޗެތީގެ ބޭނުން ހިފައެވެ. ނަމަވެސް މެކޭނިކަލް ސިސްޓަމް ބޭނުންކުރާއިރު، ވައި ދައުރުވުން ހިފެހެއްޓެނީ، އެންމެ ރަނގަޅު ގޮތުގައިތޯ ބެލޭނެ ގޮތެއް ނޯވެއެވެ.

އީޕީއޭ އިން ބުނާގޮތުގައި، އެއަރ ޕިއުރިފަޔަރ އަކީ، ވައިގެ ތެރޭގައި ފެތުރޭ ވައިރަސް ނުވަތަ ބަލިތައް މަދުކޮށްދޭ އެއްޗެކެވެ. ވައިގެ ތެރޭގައި ދައުރުވާ ވައިރަސް ޕާޓިކަލްސްތައް، ވެންޓިލޭޓް ކުރުމަށްވުރެ ބޮޑަށް ފިލްޓަރކޮށްގެން ބޭރުކުރެވެއެވެ. އެހެންކަމުން ވައި ސާފުކޮށްދޭ ފިލްޓަރެއް ބޭނުންކުރުމަކީ ފައިދާ ހުރި ކަމެކެވެ. ނަމަވެސް މީގައި ވިސްނާލަން ޖެހެނީ، ހުރިހާ ޕިއުރިފަޔަރ ތަކަކީ އެއް ފެންވަރެއްގައި އުފައްދާފައިވާ އެއްޗެތި ނޫންކަމެވެ. އެއަރ ޕިއުރިފަޔަރ އެއް ގަންނައިރު ސަމާލުކަން ދޭންވީ، ކޮލިޓީ ފިލްޓަރެއް އެކުލެވިގެންވޭތޯއެވެ. އެންމެ ރަނގަޅު ފެންވަރު ކަމަށް ބަލަނީ (HEPA) ފިލްޓަރސް އެކުލެވިގެންވުމެވެ.

މިފަދަ ހައި-އެފިޝަންސީ އެއަރ ފިލްޓަރސް އާއްމުކޮށް ބޭނުންކޮށް އުޅެނީ، ހޮސްޕިޓަލްތަކާއި، ކާރުހާނާތައް، އަދި މަތިންދާބޯޓުތަކުގައި، ދައުރުވާ ވައި ފިލްޓަރކުރުމަށެވެ. އަދި ފިލްޓަރކޮށްދިނުމުގެ އިތުރުން، ޑިސްއިންފެކްޓްކުރުމަށްވެސް މި އާލާތްތައް ބޭނުން ކުރެވެއެވެ.

އެއަރ ޕިއުރިފަޔަރ އަކީ އެތައްގޮތަކުން ފައިދާތަކެއް ކޮށްދޭ އެއްޗެކަމަށް ވީނަމަވެސް، ހަނދާނުގައި ބަހައްޓަންވީ، މިއީ ކޮރޯނާ ވައިރަސް ފަދަ ނުރައްކާ ބައްޔަކުން ދިފާއުކޮށްދޭނެ އެއްޗެއް ނޫންކަމެވެ.

ކާބަންޑައި އޮކްސައިޑް ޑިޓެކްޓްކުރުން؟

ކާބަންޑައި އޮކްސައިޑް އަކީ އޭގެ ޒާތުގައި ނުރައްކާ މާއްދާއެއް ނޫނެވެ. ނަމަވެސް ކޮޓަރިއެއް ތެރޭގައި، ނިސްބަތުން ކާބަންޑައިއޮކްސައިޑް އެކުލެވިގެންވާ އަދަދު (ޕާރޓްސް ޕަރ މިލިއަން/މިއީ މިލިއަނުން އަޅައި ކިޔައިގެން ނުވަތަ ޕީޕީއެމް) މިންގަނޑުން، ނިސްބަތުން މީހަކަށް ވައި ދައުރުކުރުމަށް ބޭނުންވާ އަދަދު ދެނެގަތުމެވެ. އެހެނީ، ކޮންމެ އިންސާނަކުވެސް ނޭވާލާ ކޮންމެ ފަހަރަކު ކާބަންޑައިއޮކްސައިޑް ވައިގެ ތެރެއަށް ބޭރުވެގެން ދެއެވެ. އެގޮތުން، ހަށިފުރާ ބޭރަށް ލާ ކޮންމެ ނޭވާއަކުން، ވައިގެ ތެރެއަށް ބޭރުވާ ކާބަންޑައި އޮކްސައިޑް ގިނަވައެވެ، އަދި ވައިގެ ތެރޭގައި ގިނަ ވައިރަސް އުޅުމުގެ ފުރުސަތު ބޮޑު ވެގެންދެއެވެ.

ޝަރމަން އިލްތިމާސްކުރަނީ، ބަންދުވެފައި ހުންނަ ތަނެއްގައި، ކާބަންޑައިއޮކްސައިޑް ކޮންސެންޓްރޭޝަން ހުންނަންވާނީ 1000 ޕީޕީއެމް ގައި ކަމުގައެވެ. ބޭރުގައި ހުންނަން ޖެހޭ މިންވަރަކީ ގާތްގަނޑަކަށް 400 ޕީޕީއެމް އެވެ.

ކާބަންޑައި އޮކްސައިޑް ޑިޓެކްޓަރއަކުން، މީގެ އަންދާޒާއެއް ލިބެއެވެ. ނަމަވެސް ޝަރމަން ބުނާގޮތުގައި، މިއީ އެންމެ ރަނގަޅު އާލާތެއް ނޫނެވެ. އާއްމުކޮށް 1600 ޕީޕީއެމްގައި ކާބަންޑައިއޮކްސައިޑް ހުރުމަކުން، އިންސާނާއަށް މާބޮޑު ސިއްހީ މައްސަލައެއް ކުރިމައްޗެއް ނުވެއެވެ. އަދި ކާބަންޑައިއޮކްސައިޑް ހުންނަ މިންވަރަށް އެކި އެކި ޖާގައިގެ ގޮތުން، ބަދަލު އައުމަކީ މާބޮޑު މައްސަލައެއް ވެސް ނޫނެވެ.