އިންސާނާގެ ހަށިގަނޑުގައި ދެވައްތަރެއްގެ ކޮލެސްޓްރޯލް ހުރެއެވެ. ހައި-ޑެންސިޓީ ލިޕޯޕްރޮޓީން، ނުވަތަ އެޗްޑީއެލް އަދި ލޯ-ޑެންސިޓީ ލިޕޯޕްރޮޓީން (އެލްޑީއެލް) އެވެ.

ލިޕޯ-ޕްރޮޓީންސް އުފެދެނީ ފެޓްސް އަދި ޕްރޮޓީންސްއިންނެވެ. ކޮލެސްޓެރޯލް ހަށިގަނޑުގައި ދަތުރުކުރަނީ ލިޕޯޕްރޮޓީންސްގެ ތެރެއިންނެވެ. އެޗްޑީއެލް ކޮލެސްޓްރޯލް، ހަށިގަނޑުގައި ޖަހާ އިތުރު ސަރުބީތައް ނުވަތަ ކޮލެސްޓްރޯލް ބޭރުކޮށްދިނުމަށް މަސައްކަތް ކޮށްދެއެވެ. އެގޮތުން އެޗްޑީއެލް އަކީ ރަނގަޅު ކޮލެސްޓްރޯލްގެ ގޮތުގައި ފާހަގަކުރެއެވެ. އަދި އެލްޑީއެލް މަސައްކަތްކުރަނީ، މިއާ އިދިކޮޅަށް ހަށިގަނޑުގައި ޖަހާ ސަރުބީ ނުވަތަ ކޮލެސްޓްރޯލް ނާރުތަކާއި ދިމާލަށް ފޮނުވައިލުމަށެވެ. މިކަމުގެ ސަބަބުން ނާރުތަކުގައި ކޮލެސްޓެރޯލް ހަރުލާގޮތް ވެއެވެ. އަދި މިއީ ގޯސް ކޮލެސްޓެރޯލް ގޮތުގައި ފާހަގަކުރެއެވެ.

  • ފެޓްސް ގިނަ ކާނާގެ ބާވަތްތައް ކަމުގައިވާ، ރެޑް މީޓް (މިސާލު: ގެރިމަސް) އާއި ޑެއިރީ ޕްރޮޑަކްޓްސް މާގިނައިން ބޭނުންކުރުން
  • ހަށިގަނޑަށް ބޭނުންވާ ވަރަށް ކަސްރަތު ނުލިބުން
  • ހަކުރުބައްޔާއި ތައިރޮއިޑްގެ ސަބަބުންވެސް ކޮލެސްޓެރޯލް މަތިވުން

އެޗްޑީއެލް: އަންހެނުން 55މގ/ޑީއެލް ގައި. ފިރިހެނުން 45މގ/ޑީއެލްގައި

އެލްޑީއެލް: 130 މގ/ޑީއެލް އަށްވުރެ ދަށުގައި

ޓްރިގްލިސެރައިޑްސް:150މގ/ޑީއެލް އަށް ވުރެ ދަށުގައި

ސިނގިރެޓް ބުއިން ހުއްޓާލުން

ސިއްހަތަށް ފައިދާހުރި ކާނާ ކެއުން

ކަންކަމާ މާބޮޑަށް ހާސްވެ ފިކުރުބޮޑުވުމާ ދުރުވުން

ގަވާއިދުން ކަސްރަތުކުރުން.

މޭވާ އާއި ތަރުކާރީ

ހޯލްގްރެއިންސް (ބްރައުން ރައިސް، ބްރައުން ބްރެޑް ފަދަ)

ކުކުޅު މަސް، ލީން މީޓް، ކަނޑުމަސް

ސީޑްސް، ނަޓް އަދި މުގުގެ ބާވަތްތައް

އޮލިވް އޮއިލް

ގެރިމަސް

ތެލުލި ކާތަކެތި

ތެޔޮ

ފުލް ފެޓް ޑެއިރީ

ކޮލެސްޓްރޯލް މަތިވުމުގެ މައްސަލައަކީ މިރާއްޖޭގައިވެސް ވަރަށް ގިނަ މީހުންނަށް ކުރިމަތިވެފައިވާ މައްސަލައެކެވެ. މިއީ ހާޓް އެޓޭކް އާއި ސްޓްރޯކް ޖެހުމަށް މަގުފަހި ކުރުވާ ކަމަށް ވާއިރު، ކޮލެސްޓްރޯލް ތިރިކުރުމަށް ދުޅަހެޔޮ ސިއްހަތެއް އިހުތިޔާރުކުރުން ކޮންމެހެން މުހިއްމެވެ.