އަށާރަ އަހަރު ނުފުރޭ ކުޑަ ދެ އަންހެން ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މެދުރާއްޖޭގެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ބަލިވެ އިން ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ފުރަތަމަ މައްސަލަ ހުށަހަޅާފައިވަނި މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކަމަށާއި މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، ދެ ވަނަ މައްސަލަ ހުށަހަޅާފައިވަނި މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކަމަށާއި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ މަހުގެ 18 ވަނަ ދުވަހު 22 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މި ދެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.