މާލެ އާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖު މަތީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ ބުރިޖުގައި ހަތަރު ކާރާއި ޕިކަޕެއްޖެހި އެކްސިޑެންޓްވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:14 ގައި ލިބިފައިވާ ކަމަށެވެ.

ނުރައްކާތެރި މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. އެ ސަރަހއްދުގައި ފުލހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.