މާލެ ސަރަައްދުގައި އެއްފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފިއެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ގެޒެޓު ކުރި އިއުލާނުގައި ބުނީ، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާތީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅުތައް މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް އަޅަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މާލެ ސަރަހައްދުގައި އެއް ފަހަރާ ފަސް މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކުރުން ހިމެނެ އެވެ. މީގެ ކުރިން އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން އެއްވެ އުޅުން މަނަލެވެ.
ކޮވިޑުން ރައްކާތެރިވުމަށް މާލޭ ސަރަހައްދުގައި ވަނީ ރޭގަނޑު 6:00 އިން ހެނދުނު 6:00 އަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. އަދި ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
އެޗްޕީއޭގެ އެންގުމުގައި ޓިއުޝަން ކުލާސްތަކާއި ޕްރީ ސްކޫލުތައް ބަންދުކޮށް ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހިންގުން ހުއްޓާލަން ވެސް ވަނީ އަންގައިފައެވެ. އަދި ދުވުމަށް ހާއްސަ ކޮށްފައިވާ ޓްރެކުތައް ބަންދުކުރުމަށާއި ޕާކުތަކާއި މައިޒާންތައް ބަންދު ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
އޭގެ އިތުރުން ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިއުން ހުއްޓައިލުމަށާއި އެކަނިކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް ވެސް އެންގުމުގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު