ހއ. ބާރަށުން އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެރަށު ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު މިދިޔަ ހޯމަ ދުވަހު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެމީހުންނާ އިތުރު ބަޔަކު ކޮންޓެކްޓު ވެފައިވާތީ، އެރަށް ވަނީ މޮނީޓަރިންގެ ހަލާތަށް ގެނެސްފައެވެ.
ބާރަށު ކައުންސިލުގެ ރައީސް އަލީ ޝަމީމު މިރޭ "ވަން" އަށް ވިދާޅުވީ އެރަށުން އިއްޔެ ނެގި 150 ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ސާމްޕަލްތަކުން ނުވަ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެ މީހުންނަކީ ކަރަންޓީނުގައި ތިބި ބައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެއާއެކު އެރަށުން ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 22 އަށް އަރައިފައެވެ. އެރަށުން މިދިޔަ އަންގާރަ ދުވަހު ވަނީ އިތުރު ހަތަރު މީހަކު ވެސް ޕޮޒިޓިވްވެފައެވެ.
ޝަމީމު ވިދާޅުވީ މިއަދު ޕޮޒިޓިވްވި މީހުންގެ ޑައިރެކްޓު ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ޑައިރެކްޓު ކޮންޓެކްޓުންގެ ސާމްޕަލް އާއި ރެންޑަމްކޮށް ވެސް ރަށު ތެރެއިން ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު