ކޮވިޑް ވެކްސިން ނުޖަހައި ހައްޖު ނުވެވޭނެ ކަމަށް ސައުދީން އަންގައިފިއެވެ.

ސައުދީގެ ސިއްހީ ވުޒާރާއިން ވަނީ ހައްޖުގެ އަޅުކަމަށް މައްކާއަށް އެތެރެވާ ކޮންމެ މީހަކުވެސް ކޮވިޑް ވެކްސިން ޖެހިކަމުގެ ސާބިތު ހިފޭ ލިޔުމެއް ގެންދަން ޖެހޭނެކަމަށް ބުނެފައެވެ.

މިއަހަރުގެ ހައްޖު ދުވަހަކީ ޖުލައި މަހުގެ 19 ވަނަ ދުވަހެވެ. މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމަށް ސައުދީން ވަނީ ކޮވިޑްގެ ނުރައްކަލުން ސަލާމަތް ވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ސައުދީ ސަރުކާރުން ވަނީ މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ކުރުމަށް އެގައުމުގައި ދިރިއުޅޭ މީހުންނަށް އެކަނި ފުރުސަތު ދީފައެވެ.

ސައުދީން ވަނީ އެގައުމުގެ ރައްޔިތުންނަށް މިދިޔަ ޑިސެމްބަރު މަހު ވެކްސިން ދޭން ފަށާފައެވެ. އެގައުމުގައި މޮޑާނާގެ އިތުރުން ފައިޒާ އަދި އެސްޓްރާޒެނެކާ ވެކްސިން ދެމުންދެއެވެ.

މިހާތަނަށް އެގައުމުން 377.700 ކޮވިޑް ކޭސް ފެނިފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ.