ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރުކަމަށް ރާއްޖެ ޓީވީގެ ޕްރެސެންޓަރު، ބ. ތުޅާދޫ ހޭޒްލީން، މުހައްމަދު ފަޒީން އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި 11 ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައި ވަނީ، ފަޒީންގެ އިތުރުން ކުރީން ވީޓީވީގައި އުޅުނު ޝިފްޒާ މުސްތަފާ/ މާދަޑު، އާސާން، ޏ.ފުވައްމުލަކު އެވެ.
ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ތަރުތީބުން މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ފަޒީންގެ ނަމަށެވެ.
ބްރޯޑްކޮމްއަށް ފަޒީން އައްޔަން ކުރަން ފާސްކުރީ ޖަލްސާގައި ތިއްބެވި 57 މެންބަރުންގެ ތެރެއިން 55 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
- - މުހައްމަދު ފަޒީން/ ހޭޒްލީން ބ.ތުޅާދޫ
- - ޝިފްޒާ މުސްތަފާ/ މާދަނޑު އާސާން ޏ.ފޯއްމުލަށް
- - ޝިފާ ތައުފީގު/ ހ. ހާޖަރާގެ
- - އަލީ މުހައްމަދު މަނިކު/ ދަފްތަރު ނަމްބަރު ރސ. 1851
- - އަހުމަދު މޫސާ/ ހ. އަމްސާވިލާ
- - ޒުބެއިރު އަހުމަދު މަނިކު/ ގ. މަލްވިނަ
- - ހަސަން ރަޝީދު ފްލާވާގެ/ ސ. މަރަދޫ
- - އާއިޝަތު ހުސެއިން މަނިކު/ ހ. ރީނދޫ ކޮކާގެ
- - މުހައްމަދު ޝާމިހު/ އިރުދޭމާގެ ގދ. ގައްދޫ
- - ހުސެއިން އަމްރު/ ވ. ރޯޝަން
- - އިމްރާނާ ބިންދު/ އަބުދުﷲ މ. ކަރޭޖް
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކާސްޓިން ކޮމިޝަން