ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށް ދައުވާކޮށްފިއެވެ.
އޭނާގެ މައްޗަށް ދައުވާކޮށްފައި މިވަނީ، އެ ކޮމިޝަންގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުގައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ފަޒީންގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާ އެވެ.
ރާއްޖެ ޓީވީގެ ޕްރެސެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ބ. ތުޅާދޫ، ހޭޒްލީން، މުހައްމަދު ފަޒީން ބްރޯޑްކޮމްގެ މެންބަރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 2021 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހުއެވެ.
މަޖިލީހުން ފާސްކުރުމާ ގުޅިގެން އޭނާ އެ ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރެއްވީ، މާޗް ހަތްވަނަ ދުވަހު އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.
ބްރޯޑްކޮމްގެ ނައިބު ރައީސްކަމުގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް ފަޒީން އައްޔަންކުރީ 19 ޖެނުއަރީ 2023 ގައެވެ.
ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން 2025 އަހަރުގެ މާޗް މަހުގެ 17 ވަަނަ ދުވަހު އޭނާ އިސްތިއުފާ ދެއްވީ، އޭނާގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައިގައި ކޮމިޝަނުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށް މަޖިލިސް ތަޅުމަށް ފޮނުވާފައިވަނިކޮށެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު