ބިލު ނުލިބުމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަރަށް މަދުވެފައިވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، މަޖިލީހުގެ ކޮންމެ ދައުރެއް ފަށާއިރު އެ ދައުރަކަށް ސަރުކާރުން ފޮނުއްވަވާނެ ބިލުތަކުގެ ލިސްޓެއް މަޖިލީހަށް ލިބޭ ކަމަށެވެ.
އެގޮތުން މިދައުރުގައިވެސް ބިލުތަކުގެ ލިސްޓެއް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް ލިސްޓާ ގުޅޭ ބިލެއް އަދި ލިބިފައި ނުވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
ގިނައިން ބޭނުން ވެފައިވާ ބިލުތަކަކީ ފައިސާއާ ގުޅޭ ބިލުތައް ކަމަށްވާތީ، އެ ބިލުތައް ސަރުކާރުން މަޖިލީހަށް ގެނައުމަކީ ބޭނުންތެރިކަމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާ މަޝްވަރާ ކުރެއްވުމަށްފަހު އަވަހަށް މަޖިލީހަށް ގެނެވެން ހުރީ ކޮން ބިލުތަކެއްތޯ ބައްލަވާނެ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު އެދޭނަން އަޅުގަނޑު ބަންޑާރަނާއިބާ އެކީގައި މަޝްވަރާ ކުރުމަށްފަހު، ކޮންކޮން ބިލެއްތޯ، ވީހާވެސް އަވަހަކަށް މަޖިލީހަށް ގެނެވެން ހުރީ،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، މަޖިލީހަަށް ލިބިފައިވާ ބިލުތަކުގެ ސުންގަޑި ކަނޑައެޅި މަސައްކަތްތައް ކޮމިޓީތަކުގައި ހިނގަމުން އެބަދާ ކަމަށެވެ. އަދި މަޖިލީހުގެ އެކިއެކި މެންބަރުންނާއި ކޮމިޓީތަކުގެ އިސްނެގުމުގެ ދަށުން ބައެއް ތަސައްވުރުތައް އެކުލަވާލެވި، ސިޔާސީ ޕާޓީތަކުން ވެސް ބިލްތަކުގެ ތަސައްވުރުތައް އެކުލަވާލައި މަސައްކަތް ހިނގަމުން އަންނަ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް
މަޖިލީހުގެ ރައީސް