ރައްޔިތުން ބޭނުންވި ކަންކަން ޓެލެކޮމިއުނިކޭޝަން މިނިސްޓަރަށް ކޮށެއް ނުދެވުނު، ކަމަށާއި އެހެންކަމުން މިނިސްޓަރު މަލީހަށް އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިތުބާރެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރުދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލިސް ތަޅުމުގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ، މިނިސްޓަރު މަލީހަށް އެމްޑީޕީގެ 65 މެންބަރުންގެ އިތުބާރުވެސް ނެތް ކަމަށެވެ.
ރައްޔިތުން އުންމީދު ކުރި ކަންކަން މިނިސްޓަރަށް ކޮށްދެވިފައި ނުވާތީ، މިނިސްޓަރާ މެދު މަޖިލިސް މެންބަރުންގެ ހިތްހަމަ ނުޖެހުން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.
ވަޒީރަކާ ދޭތެރޭ އިތުބާރު ނެތްކަމަށް ވާނަމަ ކަންކުރަން ޖެހޭ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށާއި، "އަޅުގަނޑުމެން ހިތްހަމަނު ޖެހުނީމާ އެ ވަޒީރަކު އެ މަގާމުން އެކަހެރިވާން ޖެހޭ،" ކަމަށްވެސް ވިދާޅުވިއެވެ.
"އިތުރު ވާހަކަތެއް ދައްކައި، ބަދުނާމުތައް އަޅުގަނޑުމެންގެ ބޮލުގައި އަޅުވައި އިތުރު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް،" އާޒިމް ވިދާޅުވި އެވެ.
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް