ހުޅުމާލޭގައި އިންޖީނާއި އޭގެ ސާމާނުތަކެއް ރައްކާކޮށްފައި ހުރި ގުދަނެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނީ ރޭ މެންދަމު 2:43ގައި ހުޅުމާލެ ވައިޓް ބީޗް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ. އަދި ބައިގަޑިއިރު ތެރޭ އަލިފާން އެއްކޮށް ނިއްވާލާފައިވާ ކަމަށްވެސް ބުންޏެވެ.

މިއީ އިންޖީނާއި އޭގެ ސާމާނު ރައްކާކޮށްފައި ހުރި ގުދަނެއް ކަމަށާއި ގުދަން ބޭނުން ނުކުރެވޭ ވަރަށް އެނދި ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ގުދަނުގައި އަލިފާން ރޯވި ހާދިސާގައި ގުދަނާއި އިންވެގެން ހުރި ގެސްޓްހައުސްއަށް ވެސް އަލިފާނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.