ލަންކާގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 471 އަށް އަރައިފިއެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ލަންކާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ ހަތް މީހަކު މި ބަލީގައި މަރުވެފައިވާކަމަށް އެގައުމުގެ އިންފޮމޭޝަން ޑިޕާޓްމަންޓުން ވަނީ ބުނެފައެވެ.

ލަންކާގައި ވޭތުވެދިޔަ 24 ގަޑިއިރުތެރޭ 460 މީހުން ޕޮޒިޓިވް ވެފައިވާއިރު އެގައުމަށް އެހެން ގައުމުތަކުން އެތެރެވެފައިވާ މީހުންގެ ތެރެއިން 35 މީހަކު ޕޮޒިޓިވް ވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ލަންކާއިން މިހާތަނަށް ޖުމުލަ ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ 82،890 އަށް އަރާފައެވެ. އެގައުމުން ބަލި ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު ބައްޔާ ދެކޮޅަށް ވެކްސިން ދިނުމުގެ ބޮޑު ޕްރޮގްރާމެއް ވަނީ ފަށާފައެވެ. މިހާތަނަށް ލަންކާގައި ހަތަރުލައްކަ އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.