ޖިންސީ ކުށުގެ ސީރިއަސް ތުހުމަތު ތަކެއްކޮށް، ދައުވާ އުފުލާފައިވަނިކޮށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން މައްސަލަ ބޭރުކޮށްލައިފި އެވެ.
އެ މައްސަލަ ހައިކޯޓަށް ބަލައި ނުގަތުމަށް އެ ކޯޓުގެ ރެޖިސްޓްރާ ނިންމެވީ، އަމުރު އިސްތިއުނާފު ކުރުމަށް އޮންނަ 48 ގަޑިއިރަށްވުރެ ފަހުން ހުށަހެޅުމުން ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ. ނަމަވެސް އެ ނިންމުން އިސްތިއުނާފަށް ހުށަހަޅަން ހަތް ދުވަސް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ލިބޭނެ އެވެ.
އަލީ ވަހީދުގެ މައްޗަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކޮށްފައިވާ ތުހުމަތުތަކެއް ކުރުމާއި ގުޅިގެން އެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާއަށް ފުރުން މަނާކޮށް ޕާސްޕޯޓު އޮތީ ހިފަހައްޓައިފައެވެ.
ނަމަވެސް ކޯޓުގައި އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހުއްދައަށް އެދިވަޑައިގަތުމުން ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ބާތިލުކޮށްފަ އެވެ. ޕާސްޕޯޓު ދޫކޮށްލުމުން އަލީ ވަހީދު ފުރާވަޑައިގެންނެވީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު