ހުޅުމާލޭ ޑިޓެންޝަން ސެންޓަރުން ފިލި ބިދޭސީ މީހާ ހޯދައި، ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުއްޓައި އެ މީހާ ފިލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އޭނާއަކީ އަސަނަރު ނަމަކަށް ކިޔާ 32 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.
ކޮމިޝަނާ އޮފް ޕްރިޒަން އަހުމަދު މުހައްމަދުފުޅު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމީހާއާ ގުޅޭ ގޮތުން އާންމު ފަރާތަކުން ހުށަހެޅި ރިޕޯޓަކާ ގުޅިގެން ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ހޯދައި މިރޭ ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު