ފުވައްމުލަކު ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކު މަރުވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވަނީ "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ސައީދު ވިދާޅުވީ، އެ އެކްސިޑެންޓުގައި ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި އެގޮތުން ދެ މީހުންގެ ވެސް ކަނދުރާއިން މައްޗަށް ބޮޑެތި ޒަހަމްތައް ލިބިފައިވާ ކަމަށެވެ.

"ފުރަތަމަ މީހާ މަރުވީ 16:56 ގައި. ދެން ގެނައި މީހާ މި މަރުވީ 17:04 ގައި. ފަހުން ގެނައި މީހާއަކީ ކާކުކަން ދެނެގަތުމުގެ މަސައްކަތް ކުރަމުން މިދަނީ" ސައީދު ވިދާޅުވި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ 18 އަހަރާއި 23 އަހަރުގެ ޒުވާނެކެވެ.