ސޮފްޓްވެއާ އަޕްގްރޭޑް ކުރުމަށް އިންޑިއާއިން ވެކްސިން ޖެހުން މެދުކަނޑާލަން ނިންމައިފިއެވެ.
އިންޑިއާގައި ފަށާފައިވާ ކޮވިޑް ވެކްސިން ޕްރޮގްރާމް ކޯޑިނޭޓް ކުރުމަށް ބޭނުންކުރާ ސޮފްޓްވެއާ އަޕްގްރޭޑް ކުރުމަށް ވެކްސިން ޕްރޮގްރާމް މެދުކަނޑާލަން ހަމަޖެހިފައިވަނީ ދެދުވަހުގެ މުއްދަތަކަށެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ވަނީ ސޮފްޓްވެއާ އަޕްގްރޭޑް ކުރުމަށްފަހު އެގައުމުގައި ކުރިޔަށްދާ ވެކްސިނޭޝަން ޕްރޮގްރާމް އިތުރަށް ފުރިހަމަކޮށް ފުޅާކޮށް ކުރިޔަށްގެންދެވޭނެކަމަށް ވިދާޅުވެފަ އެވެ.
ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވާގޮތުން އެގައުމުގައި ބޭނުންކުރާ ޑިޖިޓަލް ޕްލެޓްފޯމް "ކޯ-ވިން" އަޕްގްރޭޑް ކޮށް އާ ވާޝަނެއް ހޯމަދުވަހުން ފެށިގެން ބޭނުން ކުރުމަށް ނިންމާފައިވާކަމަށެވެ.
ސޮފްޓްވެއާ އަޕްގްރޭޑް ކުރުމަށްފަހު ދުވާލަކު 10 މިލިއަން މީހުންނަށް ވެކްސިން ޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ.
ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ކޮވިޑްގެ ހާލަތު ދެވަނައަށް އެންމެ ގޯސްވެފައިވާ އިންޑިއާއިން ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ފެށި ކޮވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން 300 މިލިއަނަށްވުރެ ގިނަ މީހުންނަށް އޮގަސްޓުގެ ކުރިން ވެކްސިން ދިނުމަށް އަމާޒު ހިފާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ