ސަތާރަ ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ޖޭއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރެމުންދާތީ، އެބަލި ފެތުރުން ކުޑަކުރުމަށްޓަކައި މާޗް 18، 2020 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި މާޗް 19، 2020 އިން ފެށިގެން ސަރުކާރު ބަންދު ކުރަން ނިންމަވައި ނެރުއްވި ދެންނެވުމުގައި ސަރުކާރު ބަންދުކުރާ މުއްދަތުގައި މެދުކެނޑުމެއްނެތި ރައްޔިތުންނަށް ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަނޑައެޅުއްވި އިދާރާތަކުގެ ތެރޭގައި އަދުލު އިންސާު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް ހިމަނުއްވާފައިވާ ކަމަށެވެ.
އަދި އެ ދެންނެވުމާ ގުޅިގެން ރައްޔިތުންނަށް ކޯޓުތަކުން ލިބޭ ހިދުމަތްތައް މެދުނުކެނޑޭނެ ގޮތަށް ފޯރުކޮށްދިނުމަށް ދަންނަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންނާއި އެކޮމިޝަނުން ނެރުނު ދެ ސާކިއުލާއަކާ ހިލާފަށް 17 ފަނޑިޔާރަކު އަމަލުކޮށްފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ 17 ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގަ އެވެ. އަދި އެ މައްސަލަތައް ތަހުގީގުކުރާނެ ކޮމިޓީ މިދިޔަ މަހު ބޭއްވި އެ ކޮމިޝަންގެ ޖަލްސާގައި އެކުލަވާލާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
- - ސިވިލް ކޯޓުގެ ގާޒީ އާދަމް އިބްރާހިމް އިސްމާއިލް
- - ޑްރަގް ކޯޓުގެ ގާޒީ ހުސެއިން ޝަހާމަތު މާހިރު
- - ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހުސެއިން އިބްރާހިމް
- - ދ. މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލީ ޝަފީގު
- - ދ. ބަނޑިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު އާމިރު
- - މ. މުލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝަރީފު
- - ކ. ދިއްފުށި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އަހުމަދު
- - ކ. ގުޅި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ހައްމާދު ނަސީމް އަލީ
- - ލ. ކުނަހަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް މަޖީދު
- - ހއ. ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު ޝަރީފު
- - ނ. ޅޮހީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ހަސަންމަނިކު
- - ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ސައީދު އަލީ
- - ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ޝަރީފު
- - ރ. ވާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ނަޒީރު މުހައްމަދު
- - ރ. އުނގޫފާރު ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު
- - ބ. ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުﷲ ހަމީދު
- - ރ. ކިނޮޅަސް މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އިބްރާހިމް ޒާހިރު
ޚަބަރު
ޚަބަރު
ޚަބަރު