ހަރުކަށިފިކުރު އިތުރުވާކަމުގައިވާނަމަ އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ނުބެލުމާއި ސަރުކާރުން ގެންގުޅޭ ދީނާ ބީރައްޓެހި ސިޔާސަތުގެ ސަބަބުން ކަމަށް އިދިކޮޅުން ބުނެފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނަށް ރައްދު ދެއްވައި މަޖިލީހުގައި މިއަދު ވަހަކަ ދައްކަވަމުން މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ހައްދުފަހަނައަޅާފައިވާ ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ބަދަލުކުރަން ޖެހޭ ކަމަށެވެ. އަދި ހިކުމަތްތެރިކަމުގެ އުކުޅުތައް އިސްކުރުމަށް ސަލީމް ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.

ހަރުކަށި ފިކުރާއި ލާދީނީ ފިކުރާއި އަދި ވަކި ދީނެއް ގަބޫލު ނުކުރާ ފިކުރުތަކާ ދެކޮޅަށް ރައީސް ޔާމީންގެ ސަރުކާރުން ވަނީ ގިނަގުނަ އިސްތިރާޖީ މަސައްކަތްތަކެއް ކުރައްވާފައި ކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އެ އިސްތިރާޖީ މަސައްކަތްތަކާއި ސިޔާސަތުތައް މިސަރުކާރުން ވަނީ ބަދަލުކޮށްފައި ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖެއަށް އޮންނަ ނުރައްކާ އިތުރުވެދާނެ ކަމުގެ އިންޒާރު ވެސް ސަލީމް ދެއްވި އެވެ.

"ހަރުކަށިފިކުރު އިތުރުވާކަމުގައިވާނަމަ އިތުރުވަނީ ދީނަށް ފުރައްސާރަކުރާ މީހުންގެ މައްސަލަތައް ނުބެލުމާއި ސަރުކާރުން ގެންގުޅޭ ދީނާ ބީރައްޓެހި ސިޔާސަތުގެ ސަބަބުން،" ޕީޕީއެމްގެ ޕީޖީ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ ސަލީމް ވިދާޅުވި އެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް ވެފައި ރާއްޖޭގެ ގާނޫނުތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީންކަމަށް ގާނޫނުއަސާސީގާ ބަޔާންކޮށްފައިވާއިރު، އިސްލާމް ދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެކަމަށް ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަން ސަލީމް ފާހަގަކުރެއްވި އެވެ.

ނަމަވެސް، ރާއްޖޭގައި އެހެން ދީންތައް ފެތުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ ކަންކަމަށް ސަރުކާރުން ފުރުސަތު ދޭ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ. އެގޮތުން މިއަހަރުގެ ޖެނުއަރީ މަހު މާލޭގެ ކުޅިވަރު އެކުވެނީގައި އެފަދަ ކަމެއް ބާއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ އިސްލާމްދީނާއި ގައުމު ދެކެ ލޯބިވާ އެތައް ބަޔަކު ކަންބޮޑުވާ ކަމެއް. އަދި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާވެސް ހިލާފު ކަމެއް،" ސަލީމް ވިދާޅުވި އެވެ.

މާތްﷲ އާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓު ނެރުމުން، އެ ރިޕޯޓާ ދެކޮޅަށް މުޅި ރާއްޖޭގާ ކެނޑިނޭޅި އިހުތިޖާޖުކުރި ނަމަވެސް ރިޔާސީ ބަޔާނުގައި އެ މައްސަލައާމެދު އަލިއަޅުވައިނުލެއްވުމަކީ ރާއްޖޭގައި އިސްލާމީ ވަހުދަތު ރައްކާތެރިކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަވާކަން ހާމަވެގެންދިޔަ ކަމެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެ ރިޕޯޓު ލިޔުނު ފަރާތްތައް ސަރުކާރުގެ މަތީ މަގާމުތަކުގައި ބޭތިއްބުމަކީ އިސްލާމް ދީނަށް ސަރުކާރުން ގަދަރު ކުޑަކުރާކަން އަންގައިދޭ ކަމެއް. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓު ކުށްވެރި ކުރަމުން، އެ ރިޕޯޓާމެދު ރިޔާސީ ބަޔާނުގައި އަލިއަޅުވައިނުލެއްވި މައްސަލަ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަން. ދިވެހި މި ބިމުން އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް ދީނަކަށް އެއްވެސް ޖާގައެއް ދީގެން ނުވާނެ،" ހަރު އަޑުން ސަލީމް ވިދާޅުވި އެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް، އިސްލާމީ އަގީދާ ބަލިކަށި ކޮށްލުމަށްޓަކައި ރޭވިގެން ރާއްޖޭގައި ހިންގަމުންދާ އެކިއެކި ކަންކަމާ ދެކޮޅަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަން އޭނާ ފަހަގަކުރެއްވި އެވެ. ސަރުކާރުން އެންމެ އިސްކަމެއް ދޭން ޖެހޭ އެއްކަމަކަށް ވާންޖެހޭނީ އިސްލާމީ ވަހުދަތު ދަމަހައްޓައި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖައްސައި އިސްލާމީ ރިވެތި އުސޫލުތައް ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށް ސަލީމް ވިދާޅުވި އެވެ.