އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެ އެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ، އެ ސިޓީން މިއަދު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީ ފޭދޫން ޕޮޒިޓިވްވި މީހެކެވެ.
އެއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 43 އަށް އަރައިފައެވެ. އެއީ ހިތަދޫން 20 މީހުން، ފޭދޫން 14 މީހުން، މަރަދޫފޭދޫން ހަތަރު މީހުން، ގދ. ތިނަދޫން ތިން މީހުން އަދި މާލެއިން ދެ މީހުންނެވެ.
އައްޑޫ ސިޓީން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ އަދަދު 345 އަށް އަރައެވެ. އައްޑޫން ޕޮޒިޓިވްވި މީހުންގެ ތެރެއިން އެކަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެެވެ.
ހިތަދޫން ފުރަތަމަ ބަޔަކު ޕޮޒިޓިވްވީ މިމަހުގެ ހަ ދުވަހުއެވެ. އެއީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެމީހުންނެވެ.
ހިތަދޫ ކްލަސްޓާގެ އިތުރުން ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުންވެސް ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ހުޅުމީދޫން ޕޮޒިޓިވްވި 26 މީހަކާއެކު އައްޑޫ ސިޓީން މިހާތަނަށް ޖުމުލަ 69 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މުޅި އައްޑޫ ސިޓީއަށް އަރައިފޭބުން މަނާކޮށްފައިވާ އިރު، އައްޑޫގައި ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު