ސްރީލަންކާގެ އަސްކަރީ ޔުނިވާސިޓީއެއް ކަމަށްވާ ކޮތެލަވާލެ ޑިފެންސް ޔުނިވާސިޓީގެ އެމްބީބީއެސް ޕްރޮގްރާމުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި ޑރ. އާމިނަތި ޒަހާ ޒުހައިރުއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ ޒަހާ ވަނީ، ކޮތެލަވާލެ ޑިފެންސް ޔުނިވާސިޓީގެ އެމްބީބީއެސް މެޑިކަލް ޕްރޮގްރާމުން ތިން ދާއިރާއަކުން މުޅި ޔުނިވާސިޓީން އެއްވަނަ ހާސިލުކޮށްފައެވެ. ޑރ. ޒަހާ ހޯދި މި ކާމިޔާބީއަކީ ފުރަތަމަ ފަހަރަށް ދިވެހި ދަރިވަރަކު އެ ޔުނިވާސިޓީން އަދި ސްރީލަންކާގެ ތައުލީމީ މުއައްސަސާއަކުންވެސް ހޯދި އެންމެ މަތީ ޝަރަފެވެ.
ޒަހާއަށް މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޒަހާގެ ކާމިޔާބީއާ މެދު މުޅި ރާއްޖެ ފަހުރުވެރިވާ ކަމަށާއި ޒަހާގެ ކާމިޔާބީއަކީ ރާއްޖެއަށް ލިބުނު ޝަރަފެއް ކަމަށެވެ.
"ޒަހާގެ އާދަޔާ ހިލާފު ކާމިޔާބީއާމެދު މިއަދު މުޅި ގައުމު ފަހުރުވެރިވޭ،" ރައީސް ވިދާޅުވިއެވެ.
ޒަހާ ހޯދި ކާމިޔާބީއާއެކު އޭނާ ވެގެން ގޮސްފައިވަނީ ކޮތެލަވާލެ ޑިފެންސް ޔުނިވާސިޓީގެ މިފަދަ ޝަރަފެއް ހޯދި ސްރީލަންކާއިން ބޭރު ފުރަތަމަ ދަރިވަރަށެވެ. އަދި މިއީ މިފަދަ ޝަރަފުވެރި ވަނައެއް ދިވެހި ދަރިވަރަކަށް ލިބިގެން ސްރީލަންކާގެ ރައީސެއްގެ އަތްޕުޅުން އިނާމު ލިބިގެންދިޔަވެސް ފުރަތަމަ ފަހަރުވެސް މެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު