ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ހައިކޯޓުގެ ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބުކޮށްފި އެވެ.
އެކަން ހާމަކޮށް ހައިކޯޓުން މިއަދު ބުނެފައިވަނީ، ޖޭއެސްސީގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ ދަށުން އުފައްދާއިވާ ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް ފަނޑިޔާރު ހަސަން ޝަފީއު އިންތިހާބު ކޮށްފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުިގެ މަސްއޫލިއްޔަތަކީ ފަނޑިޔާރަކާ ބެހޭގޮތުން ޖޭއެސްސީން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމެވެ. ނަމަވެސް ފަނޑިޔާރަކު މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމައި، ރައްޔިތުން މަޖިލީހަށް ފޮނުވަން ނިންމާ ނިންމުންތައް އޭގެ ތެރެއަކު ނުހިމެނެއެވެ.
އިސްތިއުނާފުގެ މަޖިލިސް އެކުލެވިގެންވަނީ ތިން ފަނޑިޔާރުންގެ މައްޗަށެެވެ. އެއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގައި ހިމެނޭ އެ ކޯޓުގެ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ އިތުރުން ސުޕީރިއާ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު