ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 45 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ޖުމްލަ 68.6 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މި މަސައްކަތް މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.

މި މި މަޝްރޫއުގެ ދަށުން 7،280 އަކަ މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 65،520 އަކަ މީޓަރުގެ ސަރަހައްދެއްގެ ހާބާ ބޭސިން ފުންކުރުމާއި 411 މީޓަރުގެ ބޭރު ތޮއްޓަކާއި 566 މީޓަރުގެ އެއްގަމު ތޮއްޓެއްލުން ހިމެނެ އެވެ.

އޭގެ އިތުރުން 135 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި 2،825 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.