ގދ. ތިނަދޫގެ މޮނީޓަރިން އުވާލައި، އާންމު ހާލަތަށް ގެނެސްފިއެވެ.

އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އައްޑޫ ސިޓީން ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުވި މީހަކު ތިނަދޫގައި ހުއްޓާ ޕޮޒިޓިވްވުމާއި ގުޅިގެން މިމަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް ފަހުން އެރަށުން ކޮވިޑަށް ޕޮޒިޓިވްވީ ހަތަރު މީހުންނެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ، އެރަށް އާންމު ހާލަތަށް ގެނައީ ކޮވިޑް ކޭސްތަކާ ގުޅިގެން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ވެސް ޕޮޒިޓިވްވުމާ ގުޅިގެން ކަމަށެވެ.

މިމަހުގެ ތިން ވަނަ ދުވަހު ވެސް ތިނަދޫ މޮނީޓަރިން ހާލަތަށް ގެނައެވެ. އެއީ މާލެ އައި ދެ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ނެވެ. ނަމަވެސް އެ މީހުންނާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނެގެޓިވް ވުމުން އެރަށް މިމަހުގެ ފަސް ވަނަ ދުވަހު މޮނިޓަރިން ހާލަތުން ނަގައި އާންމު ހާލަތަށް ގެނަ އެވެ.