ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ 7000 ފުލެޓަށް ފޯމު ހުށަހަޅައި ފްލެޓް ނުލިބުނު ފަރާތްތަކަށް ދެން އޮންނަ ފުލެޓް ޕްރޮޖެކްޓުން ފުރުސަތު ލިބޭނެ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިޔާ ފްލެޓްތަކާބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުނު ފަރާތްތަކުގެ ތެރެއިން ފްލެޓް ނުލިބުނު ފަރާތްތައް، ސަރުކާރުން ދެން ފަށާ ހައުސިން ސްކީމެއްގައި ބައިވެރިކުރާނެ ކަމަށެވެ.
ނަމަވެސް މިނިސްތަރު ވިދާޅުވީ ހިޔާ މަޝްރޫއުން ފްލެޓް ނުލިބުނު އެންމެނަށް ދެން އޮންނަ މަޝްރޫއެއްގެ ދަށުން ފްލެޓް ލިބޭނެ ކަމުގެ ހަޔީންކަން ދެއްވެން ނެތް ކަމަށާއި، އެއީ އެހާތަނަށް ދާއިރު މީހުންގެ ހާލަތަށް ބަދަލު އަންނާނެތީ ކަމަށެވެ.
"މީގެ ދެއަހަރު ފަހުން، އެއް އަހަރު ފަހުން، ހަމައެހެން ހާލަތެއްގައި އޭގެން މީހަކު ހުރެދާނެ، އެގޮތަށް އޮތް ކޮންމެމީހަކީ ދޭނެ މީހެކޭ އަޅުގަނޑަކަށް ނުކެރޭނެ ދަންނަވާކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް ދެން އޮންނަ ހައުސިން ސްކީމުގައި އެފަރާތްތައް ބައިވެރިކޮށްދެއްވާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު