މިރޭ ވ. އަތޮޅު ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވައި ފެނުނު މީހާ އާއި މިއަދު ހަވީރު ވ. އަންބަރާ ކައިރިން ޑިންގީއެއްގައި އޮޔާ ދަނިކޮށް ފެނުނު މީހާއާ ގުޅުން އެބައޮތް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮއްވައި ފެނުނު މީހާ އާއި ވ. އަންބަރާ ބޭރުން ޑިންގީއެއްގައި އޮޔާ ދަނިކޮށް ފެނުނު މީހާއާ ގުޅުން ހުރި ކަމަށް މިހާތަނަށް ތަގުގީގަށް ހޯދި މައުލޫމާތުތަކުން އެނގިފައިވާ ކަމަށެވެ.
ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 11:02 ހާއިރެވެ. އަދި މަރުވެފައި އޮއްވައި ފެނުނީ ބިދޭސީއެއް ކަމަށް ބެލެވޭ ކަމަށާއި އެމީހާގެ ހަށިގަނޑު ފެނިފައިވަނީ ދަނޑިކަނޑަން އެ ރަށަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހާލުގައި ޖެހި އޮޔާދާ ޑިންގީއެއްގައި ބިދޭސީއަކު އިންދާ ފެނިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވަނީ މިއަދު ހަވީރު 5:12 ހާއިރުއެވެ. އަދި އެމީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
އެމްއެންޑީއެފުން ބުނީ އެމީހާގެ ޑޮކިއުމެންޓްތަކުން އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން އަންނަނީ މި ދެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު