އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި ސްނޯކަލިންއަށް އެކަނި ގޮސް އުޅެނިކޮށް ގެއްލުނު އަންހެން ފަތުރުވެރިޔާ ހޯދަން އިއްޔެވެސް ބޮޑު ސަރަހައްދެއް ބަަލައިފިއެވެ.

އެ ފަތުރުވެރިޔާ ގެއްލުނީ މިދިޔަ ހުކުރު ދުވަހުއެވެ.

އެމްއެންޑީއެފުން ބުނީ އެ ފަތުރުވެރިޔާ ހޯދަން އިއްޔެ ވެސް 54 އަކަ ނޯޓިކަލް ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ. އަދި ޑައިވްކޮށްގެން 138،000 އަކަ މީޓަރުގެ ސަރަހައްދެއް ބަލައިފައިވާ ކަަމަށްވެސް ބުންޏެވެ. އެކަމުގައި ރިސޯޓް އަދި އެމްއެންއެންޑީއެފް ކޯސްޓުގާޑުގައި ހިމެނޭ ޑައިވަރުންވެސް ހަރަކާތްތެރިވެއެވެ.

ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑް ކާމިޔާބު ލޯންޗާއި ހާބާ ކްރާފްޓް ލޯންޗްގެ އިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ވަނީ ހަރަކާތްތެރިވެފައެވެ. އަދި ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައެވެ.

އެމްއެންޑީއެފުން ބުނީ އެ ފަތުރުވެރިޔާ ހޯދުމަށް ކަނޑާއި އެއްގަމުގެ ބޮޑު ސަރަހައްދެއް ބަލައިފައިވާއިރު ފަތުރުވެރިޔާ ފެނިފައި ނުވާ ކަމަށެވެ.