އައްޑޫ ސިޓީ ހިތަދޫ ކްލަސްޓާއިން އިތުރު މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހުމަދު ނާސިރު ވިދާޅުވީ، އައްޑޫ ސިޓީ ފޭދޫން މިއަދު އެކަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެއާއެކު އެ ކްލަސްޓާއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 41 އަށް އަރައިފައެވެ. އެއީ ހިތަދޫން 20 މީހުން، ފޭދޫން 12 މީހުން، މަރަދޫފޭދޫން ހަތަރު މީހުން، ގދ. ތިނަދޫން ތިން މީހުން އަދި މާލެއިން ދެ މީހުންނެވެ.
އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ އެ ސިޓީން ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ އަދަދު 341 އަށް އަރާ ކަމަށެވެ.
ހިތަދޫ ކްލަސްޓާގެ އިތުރުން ހުޅުމީދޫގައި ބިދޭސީން މަސައްކަތްކުރާ ސައިޓަކުންވެސް ވަނީ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެ ސިޓީން މިހާތަނަށް 61 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މުޅި އައްޑޫ ސިޓީއަށް އަރައިފޭބުން މަނާކޮށްފައިވާ އިރު، އައްޑޫގައި ރޭގަނޑު 8:00 އިން ފަތިހު 4:30 އަށް އަންނަނީ ކާފިއު ހިންގަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު