މާލޭގެ ބައެއް ސަހަރައްދުތަކުން މިރޭ ތިން ގަޑިއިރަށް ފެން ކަނޑާލާނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން ބުނީ ފެން ކަނޑާލަނީ މާލޭ ސިޓީ ކައުންސިލުގެ "ސްޓްރީޓް ސްކޭޕިން ޕްރޮޖެކްޓް"ގެ ދަށުން މިހާރު މަސައްކަތް ކުރަމުން އަންނަ ޝަހީދު އަލީ ހިނގުމުގައި ކުރިން އަޅާފައިވާ ފެން ހޮޅިއާއި މިހާރު އަލަށް އަޅާފައިވާ ފެންހޮޅި ގުޅާލުމުގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.

އެގޮތުން ފެން ކަނޑާލާނީ މިރޭ 11:00 އިން ދަންވަރު 2:00 އަށް ކަމަށް އެކުންފުނިން ބުންޏެވެ.

  • ފުލޫނިޔާ ގޯޅީގައި ހިމެނޭ ހުރިހާ ގޭބިސީތަކެއް
  • ހަވީރީހިނގުމާއި ފުޅުނިޔާ މަގާއި ދެމެދުން ޝަހީދު އަލީ ހިނގުމުގައި ހިމެނޭ ހުރިހާ ގޭބިސީއެއް

އެމްޑަބްލިޔުއެސްސީން ވަނީ ފެނުގެ ހިދުމަތް ކަނޑާލާ ވަގުތުތަކުގައި ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަަށް އެދިފައެވެ.