ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތުގެ ތަހުގީގަށް، އެ މަނިކުފާނު މިއަދު ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުން ކެންސަލް ކޮށްފިއެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑީއާ އޮފިޝަލް އޮފިޝަލް ޔުސްރީން "ވަން އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރައީސް ޔާމީން މިއަދު ޕޮލިހަށް ހާޒިރުކުރަން ހަމޖެހިފައި އޮތީ މިއަދު 9:00 އަށް ކަމަށެވެ. ނަމަވެސް މިހާރު އެމަނިކުފާނު ގެނައުން ކެންސަލް ކޮށްފައިވާ ކަމަށް ދެންމެ ވިދާޅުވިއެވެ.
ނަމަވެސް އެކަން ކެންސަލްކުރީ ކޮން ސަބަބާހުރެކަމެއް އޭނާ ވިދާޅެއް ނުވިއެވެ.
ވިދާޅުވީ އެކަމާބެހޭ އިތުރު ތަފްސީލް ދެއްވެން ނެތް ކަމަށެވެ.
ކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރުމަށްފަހު ކުޑަ ވަގުތު ކޮޅަކަށް އެމަނިކުފާނުގެ ގެކޮޅަށް ގެންދިއުމަށް އޮތީ ހަމަޖެހިފައެވެ.
ކަރެކްޝަނަލް ސާވިސްއިން އެކަން ޔަގީން ކޮށްދީފައެއް ނުވެއެވެ. ނަމަވެސް ފުލުުހުންނާިއ ކަރެކްޝަނަލް ސާވިސް އިން އެކަން ދޮގުކޮށްފައެއް ވެސް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު