ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވިމިނެއްގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ އިކުއިޕްމަންޓް މިހާރު ސައިޓަށް ފޮނުވާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނެ އެވެ.

އުނގޫފާރު ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ. މި މަޝްރޫއުއަކީ 28.66 މިލިއަން ރުފިޔާގެ މަޝްރޫއުއެއް ކަމަށް އެމްޓީސީސީން ބުނެ އެވެ.