ކަރަންޓީނުގެ އުސޫލާ ހިލާފަށް އޭދަފުއްޓަށް އެރި މީހަކު ޖޫރިމަނާކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހާ ޖޫރިމަނާކުރީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެމީހާއަކީ ގެސްޓްހައުސް ހިންގާ ރަށަކުން އޭދަފުއްޓަށް ދިޔަ މީހެކެވެ. އެމީހާ 1،000 ރުފިޔާ އިން ޖޫރިމަނާކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން މިހާރު ވަނީ އެރަށުގައި ކަރަންޓީނުކޮށްފައެެވެ.

އެޗްޕީއޭގެ އުސޫލު އޮންނަ ގޮތުން ގެސްޓްހައުސް ހިންގާ ރަށްރަށުން އެހެން ރަށަކަށް ދާނަމަ ގެސްޓްހައުސް ހިންގާ ރަށުގައި ކޮވިޑުގެ ކޭސްއެއް އޮތަސް އަދި ނެތަސް ކަރަންޓީނުވާން ޖެހެއެވެ. ނަމަވެސް ޒަރޫރީ ހާލަތްތަކުގައި ކަރަންޓީންވުމުން އިސްތިސްނާވާނެއެވެ.

މީގެ ކުރިންވެސް ބައެއް ރަށްރަށުގައި ކަރަންޓީންގެ އުސޫލާ ހިލާފުވެގެން ބައެއް މީހުން ޖޫރިމަނާކޮށްފައިވެއެވެ.