މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުމާއި މީހުން ނުކުމެ އުޅުން މަނާ ވަގުތުތަކުގައި ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުންކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް ޕޮލިސްގެ ޕާމިޓް ޕޯޓަލް މެދުވެރިކޮށް ހުއްދައަށް އެދުމަށް ހުޅުވާލައިފިއެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ގޯސްވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް މިހާރު ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން ހަވީރު 6:00 އިން ހެނދުނު 6:00 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.

ފުލުހުން ބުނީ މަނާ ގަޑީގައި ހުއްދަ ދެވޭނެ ކަންކަމަކީ އިމަޖެންސީ ކަމެއްގައްޔާއި ޑިއުޓީއަށް ނުވަތަ މަސައްކަތަށް ދިއުމަށާއި އައުމަށް އަދި އެއާޕޯޓް ޓްރާންސްފާ އަދި ކާބޯތަކެތި ޑެލިވާކުރުމަށް ކެފޭ/ރެސްޓޯރެންޓުތަކަށް ކަމަށެވެ.

ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައާއި ކާފިއު ވަގުތު ޒަރޫރީ ބޭނުންތަކަށް ވެހިކަލް ބޭނުންކުރުމަށް ނުވަތަ ބޭރަށް ނުކުތުމަށް police.gov.mv/permit ޕޯޓަލް މެދުވެރިކޮށް ހުއްދަ ހޯދުމަށް ފުލުހުން ވަނީ އެދިފައެވެ.

ޕޮލިސް ޕާމިޓް ސެންޓަރަށް ގުޅޭނެ ނަންބަރަކީ 1665 އެވެ.