ކުޅުދުއްފުށި ސިޓީއާއި ކ. ގުރައިދޫގެ ކުނި މެނޭޖުކުރުމަށް އެރަށްތަކުގައި މިހާރު ކުނި އަޅާމުންދާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވެމްކޯ އިން ފަށައިފިއެވެ.
ވެމްކޯ އިން ބުނީ ކުޅުދުއްފުށިން މިހާތަނަށް 400 ޓަނު ކުނި ނަގާފައިވާ ކަމަށާއި އަދި ގުރައިދޫގައި ކުނި އަޅަމުންދާ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެ މަސައްކަތުގެ ދަށުން ސަރަހައްދުތައް އެއްކޮށް ސާފުކޮށް ނިމޭއިރު 25،000 ޓަނުގެ ކުނި ނެގޭނެ ކަމަށް ވެމްކޯ އިން ބުންޏެވެ.
ކުޅުދުއްފުށި ކައުންސިލާ ގުޅިގެން މިހާރު ކުރަމުންދާ މި މަސައްކަތުގެ ތެރެއިން 92،000 ޓަނުގެ ކުނި ނަގައި ސާފުކުރަން ޖެހޭ ކަމަށް ވެމްކޯއިން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު