އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މަރިޔަމް ފެޒްލީން އައްޔަންކޮށްފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގައި ހުންނެވި ފެޒްލީން ގާނޫނީ ދާއިރާއިން ހިދުމަށްކުރަން ފެއްޓެވީ 13 މޭ 2009 ދުވަހު ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގައެވެ. އެއަށްފަހު މެދުކެނޑުމެއް ނެތި ޕީޖީ އޮފީހަށް ހިދުމަތް ކުރަމުން އަންނައިރު، ފެޒްލީނަކީ ޕީޖީ އޮފީހުގައި މަސައްކަތް ކުރާ ގާނޫނީ ވަކީލުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލެވެ.
ފެޒްލީން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން، ޝަރީއަތާއި ގާނޫނުގެ ދާއިރާ އިން ބެޗްލާސް ޑިގްރީ ހާސިލު ކުރައްވައިފަ އެވެ. އަދި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ އިން ކޮމްޕެރެޓިވް ލޯ އިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާއިރު، ގާނޫނީ ދާއިރާއިން ގިނަ އަދަދެއްގެ ސެމިނާތަކާއި ޓްރެއިނިން ޕްރޮގްރާމްތައް ވެސް ފެލްޒީން ފުރިހަމަ ކުރައްވާފައިވެ އެވެ.
ފެލްޒީންއާއެކު ޕީޖީ އޮފީހުގެ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ ލެވެލްގައި ހަތަރު ބޭފުޅުން އެބަ ތިއްބެވި އެވެ. އެއީ އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ނާޝިދާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ޝަމްރާ ޝަމީމް އާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް އަބްދުﷲ ރާބިއު އެވެ. ޕީޖީ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލަކީ މަހުމޫދު ސަލީމެވެ.
ޚަބަރު
ޚަބަރު
ޚަބަރު