އިމިގްރޭޝަންގެ ގާނޫނާ ހިލާފުވެގެން ރާއްޖެއިން ބޭރަށް ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަހައްޓާފައި ހުރި ބިދޭސީއަކު ފިލައިފިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ހުރި ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އަންސަރު މިރޭ ފިލާފައިވާ ކަމަށެވެ.
އޭނާ ފިލާފައިވަނީ މިރޭ 7:27 ހާއިރު ކަމަަށާއި އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ވަނީ އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ ސާވިސްގެ ނަންބަރު 9986125 އަށް ރިޕޯޓުކުރުމަށް އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު